ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 06:00 އިން ފެށިގެން ހެނދުނު 09:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަ ވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.
Yellow Alert issued for the area between Haa Alifu Atoll and Thaa Atoll. pic.twitter.com/RS1SCdEWpY
— Maldives Meteorology (@MetMaldives) September 6, 2020




