ކާށި ގޯންޏެއް ހިމެނޭގޮތަށް ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިޢުލާން ކޮށްފިއެވެ.
ފުލުހުން ދެންމެ އިޢުލާން ކޮށްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން 05 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ އެކި ސަރަހައްދުތަކުން ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތީގެ ވެރިފަރާތް ތައް ހޯދުމަށެވެ.
މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފދައިވަނީ އެތަކެތީގެ ވެރިފަރާތް ބުނެދެވިފައި ނުވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ މަޢުލޫމާތު:
ސެޕްޓެމްބަރ 1 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިންޑޯ މިލްކު ކޭހެއް. އިންސިޑެންޓް ނަންބަރ 464077
ސެޕްޓެމްބަރ 3 ވަނަ ދުވަހު އައިޖީއެމްއެޗް، ހާޓް ލޭންޑް ފާމަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ 150 ރުފިޔާ. އިންސިޑެންޓް ނަންބަރ 464239
ސެޕްޓެމްބަރ 4 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބާޒާރުމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 10 ލީޓަރުގެ ކުލަ ފާޓާއެއް. އިންސިޑެންޓް ނަންބަރ 464271
ސެޕްޓެމްބަރ 4 ވަނަ ދުވަހު އެއް ނަންބަރު ފާލަންކައިރީ ވެރިއަކުނެތި ހުރި ކާށި ގޯންޏެއް. އިންސިޑެންޓް ނަންބަރ 464278
ސެޕްޓެމްބަރ 4 ވަނަ ދުވަހު ހަނދުވަރީހިނގުން، ޖަމީލް ވޯރކްޝޮޕް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 650 ރުފިޔާ އޮތް ވޮލެޓެއް. އިންސިޑެންޓް ނަންބަރ 46433
ސެޕްޓެމްބަރ 5 ވަނަ ދުވަހު ހުސްނުހީނާމަގު، އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ މަކިޓާ ބްރޭންޑްގެ ކަޓްއޮފްއެއް. އިންސިޑެންޓް ނަންބަރ 464341
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.



