ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަޙްނިޔާ މިނިސްޓަރ ޝާހިދު ފޮނުއްވައިފި

ބްރެޒިލްގެ މިނިވަން ދުވަހާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ބްރެޒިލްގެ ހާރިޖީ ވަޒީރު އެނެސްޓޯ އަރައުޖޯ އަށް މިނިވަން ދުވަހުގެ ތަހްނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބްރެޒިލްގެ ފޮރިން މިނިސްޓަރ އެނެސްޓޯ އަރައުޖޯ އަށާއި ބްރެޒިލްގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ބްރެޒިލްގެ މިނިވަން ދުވަހުގެ ތަޙްނިޔާ އާއި މުބާރާކްބާދީ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދުވަނީ ބްރެޒިލްގެ ފޮރިން މިނިސްޓަރ އަށް ފުރިހަމަ ސިއްހަތަކާއި ކާމިޔާބު ދެއްވުމަށް އެދިލައްވާ ކަމަށާއި ބްރެޒިލް އަށް އަބަދުވެސް ކާމިޔާބަށް އެދިލައްވާކަމަށް ވިދާޅުވެފައެވެ.

އެކި ގައުމުތަކުގެ މިނިވަން ދުވަހާއި އެ ގައުމުތަކުގެ ހާއްސަ ދުވަސްތަކާއި ގުޅިގެން މިނިސްޓަރ ޝާހިދު އަބަދުވެސް ގެންދަވަނީ ތަޙްނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އަދި ބޭރުގެ އެހީ ރާއްޖެ އަށް ހޯދުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކަށް ކޮވިޑްގެ ދުވަސްވަރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ