ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފެށުމާއި ގުޅޭގޮތުން މަޝްވަރާތައްކުރުމަށް، ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ކުޅުދުއްފުށި އެއަރޕޯޓާއި ކޮޗިން އާއި ރާއްޖެ އާއި ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފެރީ ނިޒާމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެ މެމްބަރުންނާއި މިނިސްޓަރ ނަހުލާ ބައްދަލުކުރެއްވީ މިއަދުއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.
ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ހިިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ މަހު ބުނެފައިވެއެވެ.




ހިޔާލު
ތިކަން އިއްލާންކުރިތާ އަހަރެއް ވީއިރު ޚަބަރުބަލާ ނުލިބަޔަކު މިހާރު ފޮޓޯ ހަދަން ދޯ ތިއުޅެނީ، ރައްޔިތުން ގުނބޯ ހެއްދުމުގައި