އެސްޑީއެފްސީގެ ލޯނު ރީޕޭމަންޓް 4 މަސް ދުވަހަށް ފަސްކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީ ވިދާޅުވީ، ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު ސެޕްޓެމްބަރު މަހުން ފެށިގެން 04 މަސްދުވަހަށް އިތުރުކޮށް، މިއަދުން ފެށިގެން މިޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. އަދި މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯރޓަލްއިންނެވެ.

މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ސެޕްޓެމްބަރ 2020 ކަމަށާއި މިތާރީޚާއި ހަމައަށް މޮރެޓޯރިއަމްއަށް އެދި ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ޚިދުމަތް ބޭނުންނުވާ ކަމުގައި ކަމަށްވެސްއެސްޑީއެފްސީ ވިދާޅުވިއެވެ. އަދި އެލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ސެޕްޓެމްބަރު 2020 އިން ފެށިގެން ދައްކަންޖެހޭނެ ކަމަށްވެސް އެސްޑީއެފްސީ ވިދާޅުވިއެވެ. އަދި މޮރެޓޯރިއަމްއަށް އެދުމާއި ގުޅޭ އިތުރު މަޢުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ