ދިވެހި ސިފައިންނާ ހެލިކޮޕްޓަރުތައް ހަވާލުކުރޭ، ނޫނީ މިގައުމުން ބާލާ: ސިޔާމް

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ދިވެހި ސިފައިންނާއި ހަވާލު ކުރުމަށް ނުވަތަ އެ ހެލިކޮޕްޓަރުތައް ރާއްޖެއިން ބޭލުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ގޮވާލައްވައިފި އެވެ.

ސިޔާމް ވިދާޅުވީ ހެލިކޮޕްޓަރ ރާއްޖެ ގެނައިފަހުން 10 އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން އޭއެލް ދެ ހެލިކޮޕްޓަރ ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައި ވަނީ 2013 ވަނަ އަހަރުގައެވެ.

ސިޔާމް ވިދާޅުވީ ހެލިކޮޕްޓަރ ގެނަފަހުން 10 އަހަރު ވީއިރު އެމްއެންޑީއެފް ގައި ދުއްވާލެވޭވަރު ޕައިލެޓެއް ނެތޭ ކިޔައި ދިވެހިންނަށް މަލާމަތް ނުކޮށް، ދިވެހި ސިފައިންނާއި ހެލިކޮޕްޓަރުތައް ހަވާލުކުރުމަށެވެ. ނޫނީ އެ ހެލިކޮޕްޓަރުތައް ގައުމުން ބޭލުމަށް ސިޔާމް ވަނީ ގޮވާ ލައްވާފައެވެ.

2013 ގައި ހަދިޔާކޮށްފައިވާ މި 2 ހެލިކޮޕްޓަރު 2018 ބަނަ އަހަރުގެ ތެރޭގައި ގެންދިއުމަށް ދިވެހި ސަރުކާރުން މުހުލަތެއް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ އޭރު ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އޭރުންސުރެ މި ދެ ހެލިކޮޕްޓަރުގެ އެހީގައި ދިވެހި ސިފައިން ދަނީ އޮޕަރޭޝަން ތައް ހިންގައި އެމަޖެންސީގައި މާލެ ގެންނަން ޖެހޭ ބަލި މީހުންވެސް މާލެ ގެންނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ