ލަނޑާ ހިފުން މަނާ ކޮށްފި

ރާއްޖޭގައި ލަނޑާ ހިފުން މަނާ ކޮށްފި އެވެ.

މިދިޔަ އޮގްސްޓު މަހުގެ 20 ވަނަ ދުވަހު ގެޒެޓު ކޮށްފައިވާ "މަސްވެރިކަމާއި ބެހޭ ގަވާއިދު" ގައި ބުނާގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި ނެގުމާއި ބޭނުމާއި މެރުން މަނާ ތަކެތީގެ ތެރޭގައި ސްކެރިޑޭ އާއިލާއަށް ނިސްބަތްވާ ހުރިހާ ބާވަތެއްގެ ލަނޑާ ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި ނެގުމާއި ބޭނުމާއި މެރުން މަނާ ތަކެތީގެ ތެރޭގައި މާހުނބުޅު ލަނޑާވެސް ހިމެނެއެެވެ. އަދި ބޮޑުމަހާއި ކޯމަހުގެ ހުރިހާ ބާވަތްތަކާއި ބަނޑުދަށުގައި ބިސް ހުންނަ އިހި، އިހީގެ ތޮށިގަނޑުގައި 7.6 ސެންޓި މީޓަރ ހަމަނުވާ އިހި، ގާހަކަ، މިޔަރު، މަޑި، ވެލަޔާއި ކަހަނބާއި އޭގެ ބިސް، އެންދެރި، ފެހުރިހި، ސަންގު އަދި ހިރި/ގާ/މުރަކަ/މާގަނޑު/ސްފްޓް ކޮރަލް ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި ނެގުމާއި ބޭނުމާއި މެރުން މަނާ ތަކެތީގެ ގޮތުގައި ހިމަނާފައެވެ.

2012 ވަނަ އަހަރުގެ ތެރޭގައި މާހުޅުނބު ލަނޑާތަކެއް އެސްކްޕޯޓްކުރަން އުޅުނު މައްސަލަައިގައި އޮސްކަ އެލައަންސް ކުންފުނި ވަނީ 2 ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
13227
ގުޅުންހުރި ލިޔުންތައް

3 Responses

  1. Zubeyru

    Thi eh mana eh nukureveyne thi beyfulhunnaka manaa kuriyas thi kaanan?

  2. ޒުހުރީ

    މާތް ﷲ ދެއްވި ރިޒުގު. ހަލާލްތަކެތި. ކާނަން. މަނާ ނުކުރެވޭނެ. މިންވަރު ކުރެއްވި ހަލާލު ކޮންމެ އެއްޗެއް ކާނަން. މި ރާއްޖޭގަ ތިބި ވަގުންނާއި މީހުން މަރާ ބޮޑެތި މުޖުރިމުން ހައްޔަރު ކޮށް މިތަން އަމާން ކޮށްބަލަ.

    24
    1
    • ބަކުރު

      ދީނުގަ އޮވޭ ޤާނޫނަށް ބޯލަނބަން ވެސް. ތިޔަ ނުކެޔަސް ބަނޑަކައް ނުޖެހޭނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ