އިދިކޮޅުން ކުރިއަށްގެންދިޔަ ސައިކަލްބުރު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރައްވަނީ: ފޮޓޯ - ޕޮލިސް

މިއަދުގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދުގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.

މިއަދު އިދިކޮޅުންމާލޭގައި ސައިކަލް ބުރެއް ފަށައި ކުރިއަށްގެންދިއުމަށް ވަނީ މަސައްކަތް ކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުންވަނީ ސައިކަލު ބުރުގައި ބައިވެރިވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އިދިކޮޅުން މިއަދު ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. އަދި ފުލުހުން މި ސައިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމާއި ގުޅިގެން ވަކި ހިސާބަކުން ސައިކްލްބުރު ހިނގާލުމަކަށް ވަނީ ބަދަލުކޮށްފައެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ