އިދިކޮޅުން ކުރިއަށްގެންދިޔަ ސައިކަލްބުރު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރައްވަނީ: ފޮޓޯ - ޕޮލިސް

އިއްޔެގެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށްފި

އިއްޔެގެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް އެކަކު ފިޔަވައި އެންމެންވެސް ދޫކޮށްލާފައި ވާކަމަށެވެ.

ފުލުހުން އިއްޔެ ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ އެއްވުމުން ހައްޔަރުކުރި އެންމެ ޖޫރިމަނާ ކުރިނަމަވެސް އެއްވެސް މީހެއްގެ ލައިސަންސް ހިފަހައްޓާފައި ނުވާ ކަމަށެވެ.

އިއްޔެގެ އެއްވުމުގެ ކުރިން ފުލުހުން ވަނީ އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް އިއްޔެ ފުލުހުން ވަނީ ވިދާޅުވެފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރައްވާ ކަމަށް ފުލުހުން އިއްޔެ އެއްވުމުގެ ކުރިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ