ފޮޓޯ: ޕޮލިސް މީޑިއާ

ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ރޯޑްސޭފްޓީއާ ބެހޭގޮތުން މައުލޫމާތު ދީފި

 

ހުޅުމާލޭގައި ހުންނަ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ރޯޑްސޭފްޓީއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އެ ސްކޫލުގެ އެދުމަށް މި ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށެވެ.

މި ސެޝަނުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުންނާއި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މައުލޫމާތު ދީފައިވާކަމަށާއި އަދި މަގުމަތީގައި އުޅޭއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އެ ސްކޫލުގައި ތައުލީމު ހާސިލްކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުން ހިމެނޭގޮތަށް 46 ދަރިވަރުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ