ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ވީނިއުސް

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރެއްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ، 2020 ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރައްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ