ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު މިއަދުން ފެށިގެން ވަނީ ލިމިޓް ކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައި ވާއިރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.
ބޭސްފަރުވާއަށް ބޭރަށް ދާ މީހުންނާއި ދަރިވަރުންނަށް ލިމިޓް އިތުރު ކުރެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. މިގޮތަށް ލިމިޓު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށް ފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ލިޔުން ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށް ފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިންނާއި ފިނޭންސް މިނިސްޓަރ އަމީރުވެސް ވަނީ ޑޮލަރުގެ ދަތިކަމެއް ދިމާ ނުވާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުންވެސް އެމްއެމްއޭ އިން އަދި ސަރުކާރުންވެސް ޑޮލަރުގެ ތާށިކަމެއް އުޅޭ ކަމަށް ބުނެފައި ނުވެއެވެ. ނަމަވެސް އޮންލައިން ޓްރޭޑް ތަކުގެ ސަބަބުން ރާއްޖެއިން އެތައް ބައިވަރު ޑޮލަރެއް ބޭރުވަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މި ބަދަލު ގެނައި ނަމަވެސް ބީއެމްއެލްގެ 95 ޕަސެންޓު ކަސްޓަމަރުންނަށް ދައްޗެއް ނުވާނެ ކަމަށް އެބޭންކުންވަނީ ވިދާޅުވެފައެވެ. ނަމަވެސް މަންޒަރު ފެންނަން ފަށާފައި މިވަނީ މިއާއި ހިލާފަށެވެ. ބީއެމްއެލްގެ މި ބަދަލާއިއެކު އާންމުން ވަނީ ރަތަށް އަރާފައެވެ. ގިނަބަޔަކު އަންނަނީ ބީއެމްއެލްގެ ނިންމުމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. "ބީއެމްއެލް އައުޓް" ކެމްޕެއިން ވަނީ ފަށައިފައެވެ.
މިކަމާއި ގުޅޭ ގޮތުން ހިޔާލު ފާޅުކުރި މީހަކު ބުނީ މިހާރު އެފްރިކާގެ ފަގީރު ގައުމެކޭ އެއްފަދަ ވީކަމަށާއި، އޮންލައިން ކޮން އެއްޗެއްވެސް ނުގަނެވޭނެ ކަމަށާއި، ދެން އަދި ރާއްޖެއިން އަށް ބޭރަށް ގޮސް ވިޔަފާރި ކުރުމުގެ މަގުވެސް ބަންދު ވީ ކަމަށެވެ.
މިކަމާއި ގުޅިގެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޭންކިން ނިޒާމް 30 އަހަރު ފަހަތަށް ގޮއްސި ކަމަށެވެ.
Maldivian Banking system goes 30 years back. #ShukuriyyaRaeesSolih #BMLout #BMLNoonGotheh @ibusolih @MvSpokesperson @FaisalNasym https://t.co/omNILjShl0
— ابن محمّد (@VDarknezz) September 16, 2020
ސައްލި ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "އަލުގަނޑަށް ހީވަނީ ބީއެމްއެލް އައުޓު ނުކޮށް، އިތުރު ބޭންކުތަށް ރާއްޖެއަށް ގެންނަންވީހެން. ބޭންކް އޮފް މޯލްޑިވްސް އެ އުޅުންވަނީ އޮބިނޯއްވެގެން. އިތުރު 8 ބެންކު ގެނެވެއްޖިއާމުން މިހާރު މިއޮތް އެކޮނޮމީއަށް ސާރވިސް ކުރެވޭނެ" ކަމަށެވެ.
މޫޝާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބީއެމްއެލް އައުޓު އޭ ބުނަން ރައްކާތެރި ކަމަށެވެ.
I think it’s safe to say #BMLOUT ☝?
— Mooshan Mubarik (@Moooshan) September 16, 2020
އިޒާނާ ކިޔާ ކުއްޖަކުވެސް ވަނީ ކަންބޮޑުވުމެއް ހިއްސާކޮށްފައެވެ. އިޒާނާ ބުނަނީ ދެން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ކުއްޖަކު އެމަޖެންސީ ހާލަތެއްގައިވެސް (މިސާލަކަށް އެމަޖެންސީކޮށް ބޮޑު ސާޖަރީއެއް ކުރަން ޖެހިގެންވެސް) ޖެހޭނީ ބީއެމްއެލްގެ ޕޯޓަލް މެދުވެރިކޮށް ހުށައަޅައިގެން 24 ގަޑިއިރުވަންދެން ހޮސްޕިޓަލް އެނދުގައި ބީއެމްއެލް އިން ގުޅާނެ އިރެއްގެ އިންތިޒާރުގައި އޮންނަންތޯ އެވެ.
Hold on, so if Maldivian students living abroad had to make a sudden large payment in case of an emergency (say, a serious emergency surgery) they need to apply through the portal and lie on a hospital bed waiting for BML to call in the next 24 hours? https://t.co/bUQIeHC5AW
— izana (@izznzz) September 16, 2020
ހާއްސަކޮށް ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ބޭންކުގެ މި ނިންމުމާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް "އިނދެޖެހޭނެ" ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އޮންލައިންކޮށް ބޭރުގެ އެކު ޕްލެޓްފޯމް ތަކުން ތަކެތި ގަންނަ ފަރާތްތަކަށްވެސް މީގެ އަސަރު ކުރާނެ ކަމަށްބުނެ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. "ބީއެމްއެލް ނޫން ގޮތެއް" ހޯދަންވެއްޖެ ކަމަށާއި އެހެން އަހަރެންގެ ބޭންކެއް ހޯދަން ޖެހޭ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދެއްކުމާއި ކެއުންބުއިމާއި ޒަރޫރީ ބޭނުންތަކަށް "މިވަރުން ނުފުދޭނެ" ކަމަށް ބޭރުގައި ދިރިއުޅޭ ގިނަ ދިވެހިން އަންނަނީ ބުނަމުންނެވެ. ބޭންކުން މިކަމާއި އިތުރަށް ވިސްނައި މި ނިންމުން ބަދަލުކުރުމަށް އަންނަނީ ގޮވާލަމުންނެވެ. "އަހަރެންގެ ބޭންކް" އޭ ބުނެވޭނީ އޭރުންތާއެވެ. އަހަރެންގެ ބޭންކުއޭ ބުނެ އަހަރެންނަށް ދަތި ކުރާނަމަ އަހަރެންނަށް ކަމަކު ނުދާނެ އެވެ.
								
											


														
														
														
														
														
														
								
ހިޔާލު
BML OUT