ރައީސް މުޙައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރ ކަމަށް ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީ.ވީ.އެފް.)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތް ފައްޓަވައިފިއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންކޯއި މރ. ޢަބްދުލް ކަލާމް އާޒާދުއާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީއާއި އެ އިދާރާގެ ބޭފުޅުންނާއި އަދި، ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި
މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންކޯއި މރ. ޢަބްދުލް ކަލާމް އާޙާދުވަނީ 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ.

ސީ.ވީ.އެފް.ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައިގަނޑު އަމާޒަކީ 31 ޑިސެންބަރު 2010ގެ ނިޔަލަށް ޕެރިސް އެގްރީމަންޓުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރ ކަމަށް ރައީސް ނަޝީދު ވަޑައިގަތުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ