މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފިއެވެ.
މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް “ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް” ގެ ނަމުގައި އޮންލައިން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މީޑިއާ ކައުންސިލުން ޚާއްޞަ ސެޓްފިކެޓެއް ދެވޭނެކަމަށެވެ.
ނޫސްވެރިމަކުގެ އަސާސި ޕްރޮގްރާމް ގައި ކަވަރު ކުރެވޭނެ ބައިތައް ކަމުގައި މީޑިއާ ކައުންސިލުން ވިދާޅުވީ، ނޫސްވެރެރިކަމުގެ އެތިކްސް (ސުލޫކީ މިންގަނޑު)، ހަބަރު ލިޔާނެ ގޮތާއި، ސުރުޚީ ޖެހުމުގައި ސަމާލުވާންވީ ކަންކަމާއި، މީޑިއާ ތަކުން ސަމާލުވާންޖެހޭ ސުލޫކީ މިންގަނޑައި މީޑިއާއާ ގުޅުންހުރި ޤާނޫނާއި ޤަވާއިދާތަކައި، ކުދަކުދިންނާ ގުޅުންހުރި ޚަބަރު ލިޔާއިރު ސަމާލުވާންވީ ކަންކަމާއި، ދީނީ ގޮތުން ނޫސްވެރިން ވިސްނަންޖެހޭ ކަންކަމާއި، ވިޔަފާރި ކަބަރައި މާރކެޓިންގ އާއި، ސޫންތަކުން އާންމުކޮށް ލިޔާ ކުއްތަކާއި އޭގެ އިސްލާހާއި، ނޫސްވެރިކަމުގެ ތަޖުރިބާއާއި ހުރި ގޮންޖެހުންތަކާއި އަދި އިންސާނީ ޙައްޤުތަކާއި ގުޅުންހުރި ޙަބަރުތައް ކަށަވަރުކުރުމުގައި ވިސްނަންޖެހޭ ކަންކަމެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމު ހިންގުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށް 2 ބުރަކަށް ބަހާލައިގެންނެވެ. މީޑިއާ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ނޫސްވެރިކަމަށް އަލަށް ވަންނަ ފަރާތްތަކަށްކަމަށެވެ.




