ތިނަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނާ ފެންސް ޖަހާދޭނެ ފަރާތެއް ހޯދަނީ

ގދ. ތިނަދޫ ދަޑެކޮޑާ ސަރަޙައްދުގައި ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހު މެންދުރު 1:30 އަށް އެކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 07 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހުގެ މެންރުދު 1:30 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވާފައެވެ.

މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށްކަމުގައި އެކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެ ކަމުގައިވެސް އެކައުންސިލުން ވިދާޅުވެފައިވެއެވެ.

ރަށްރަށުގެ ފުޓް ބޯޅަ ދަނޑުތައް ތަރައްޤީ ކުރުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރުން ކުރިޔަށް ގެންދާއިރު، ބައެއް ރަށްރަށުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.

ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ