ކޮމެޓީގެ ބައްދަލުވުމުގައި އިންތި ކުރަހަން އިން ފޮޓޯ ދައްކާލައިފި

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ކުރަހަން އިން ފޮޓޯ ދައްކާލައިފި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި އިންތި އަންހެން ކުއްޖެއްގެ ސޫރަ ސިފަވާގޮތަށް ސްކެޗާރއެއް ކުރަހަން އިން މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު މިކަން ވަނީ ޚަބަރުތަކުގެ ސުރުހީއަށްވެސް އަރާފައެވެ.

އިންތި ވަނީ އޭނާ ކުރަހަން އިން ފޮޓޯ ޓްވީޓް ކޮށްފައެވެ. ވަގުތު އޮންލައިންގައި މުޙިންމު ބައްދަލުވުމެއްގައި ސަމާލުކަން ނުދީ އިންތި އިނީ ފޮޓޯއެއް ކުރަހަން ކަމަށްބުނެ ލިޔެފައިވާ ހަބަރާއިއެކު އޭނާ ވަނީ ކުރެހި ފޮޓޯ އާންމު ކޮށްފައެވެ.

ކޮމެޓީ ބައްދަލުވުމުގައި އިންތި ކުރަހަން އިން ފޮޓޯ

ފިޔަވަޅުއަޅާ ކޮމެޓީގެ މިބައްދަލުވުމުގައި ރައީސް އޮފީހުގެ ދެމިނިސްޓަރުން ކަމަށްވާ މުހައްމަދު ޝިފާޒު އާއި ޑރ.މުސްތަފާ ލުތުފީ ވެސް ތިއްބެވިއެވެ. އަދި ދެން މިބައްދަލުވުމުގައި އިންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ