ކުޅިވަރުކުޅޭ ޤައުމީ ފެންވަރުގެ ތަންތަން އުފެއްދުމުގެ ސިޔާސަތު ދަށުން މާލެ އެކުވެނި ސަރަހައްދުގައިވާ ދުވާ ޓްރެކް ސިންތެޓިކް ޓްރެކްއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި ކޮންކްރީޓްގެ ފުރަތަމަ ލޭޔާރ އަޅަން ފަށައިފިއެވެ.
މި މަސައްކަތް ފެށުމަށް ޔޫތް މިނިސްޓަރ މަހްލޫފްއާއި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ތޮލާލްވެސް ވަނީ ބައިވެރިވެފަ އެވެ.
The first layer of concrete was poured into Ekuveni Track with the fastest man in Maldives @SaaidKalhey & @AthleticsMv President @Tholal joining us for the event. The work on the upper layers will commence soon. Targeting to complete the project for 11th November. pic.twitter.com/4buXBJDv3m
— Ahmed Mahloof (@AhmedMahloof) September 18, 2020
ޔޫތް މިނިސްޓްރީން މާލޭ އެކުވެނި ސަރަހައްދުގައި މިހާރު އަޅާފައިވާ ވެލި ޓްރެކް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި މި މަޝްރޫއު ހިންގާނީ ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓުންނެވެ.
2 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެެވުނު ސިންތެޓިކް ޓްރެކްއަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 231.75،543،12 (ބާރަ މިލިއަން ފަސް ސަތޭކަ ސާޅިސް ތިން ހާސް ދުއިސައްތަ ތިރީސް އެއް ރުފިޔާ ހަތްދިހަ ފަސް ލާރި) ކަމަށް ޔޫތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެޓްރެކްއަކީ ގިނަބަޔަކު ކަސްރަތުކުރުމަށް ބޭނުންކުރަމުންދާ ތަނަކަށްވާއިރު، އުންމީދަކީ މި ޕްރޮޖެކްޓްގެ މަސައްކަތް 11 ނޮވެމްބަރަށް ނިންމާލުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.




