ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް، ނަމޫނާ ދައްކާ އަނެއްކާވެސް ރާއްޖޭގެ ބްލަޑް ބޭންކަށް ލޭ ހަދިޔާކުރައްވައިފިއެވެ. އެގޮތުން މިނިސްޓަރ މަހްލޫފް މިއަދު ވަނީ، އޭނާ ލޭ ހަދިޔާކުރައްވަން އޮންނަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ހިމަނުއްވައި ޓްވީޓެއްކުރައްވާފައެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ، ދާއިމީގޮތެއްގައި ރާއްޖޭގެ ބްލަޑްބޭންކް ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އާއްމުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށެވެ.
ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަކީ ރަނގަޅު ކަމެއްކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިންވެސް މިނިސްޓަރ މަހްލޫފް ވަނީ ލޭ ހަދިޔާކުރައްވާފައެވެ.
ކޮވިޑް 19އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބްލަޑް ސާވިސް(އެމްބީއެސް) އާއި ތެލެސީމިއާ ސެންޓަރުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
There are more than 800 patients registered in the Maldives out of which 360 are registered in Male’ area, 35 daily blood transfusions. To sustain a sufficient blood bank they need the support from our community.
Donate blood and save a life. ?❤️ pic.twitter.com/iYnfSfF5PK
— Ahmed Mahloof (@AhmedMahloof) September 19, 2020
މޯލްޑިވިއަން ބްލަޑް ސާވިސް(އެމްބީއެސް) ގައި މިވަގުތު ތެލެސީމިއާގެ 800 މީހުން ރަޖިސްޓްރީ ކޮށްފައި ވެއެވެ. މީގެ ތެރެއިން 360 މީހުންނަކީ މާލެ ސަރަހައްދުން ބަލްޑް ބޭންކްގައި ރަޖިސްޓްރީކޮށްފައިވާ ޕޭޝަންޓުންނެވެ. އަދި މީގެ ތެރެއިން 35 ޕޭޝަންޓުންނަކީ ކޮންމެ ދުވަހަކު ލޭ އަޅުއްވާ ބޭފުޅުންނެވެ.