ލަންޑަންގެ ވެއާހައުސް އަކުން ވަގަށް ނަގާފައިވާ 3.2 މިލިއަން ޑޮލަރުގެ އަގުހުރި ފޮތްތަކެއް، ރޮމޭނިއާގެ ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުއްޓާ ފެނިއްޖެ އެވެ.
މި ފޮތްތަކުގެ ތެރޭގައި ގަލިލިއޯ އަދި އިސާކް ނިއުޓަން ގެ ފޮތްތަކުގެ ފުރަތަމަ އެޑިޝަން ހިމެނެއެވެ. މީގެ ތެރޭގައި 16 އަދި 17 ވަނަ ގަރުނުގެ ފޮތަތައް ހިމެނެއެވެ.
މި ފޮތްތައް ވަގަށް ނަގާފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުރާލުން ތަންގަނޑެއް ކަފާލައިގެން ފެލްތަމްގެ ވެއާހައުސްއެއްގައި ހުއްޓައެވެ.
ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ވިދާޅުވެފައިވަނީ، މި ފޮތްތައް ވަގަށް ނަގާފައި ވަނީ އިނގިރޭސިވިލާތުގައި މިފަދަ އަގުބޮޑެތި ތަންތަނުން ވައްކަންކުރާ ގޭންގަކުން ކަމަށާއި މިފަދަ އެތައް ވައްކަން ތަކެއްގެ ފަހަތުގައި މި މީހުން ހިމެނޭ ކަމަށެވެ.
ރޮމޭނިއާގެ ނީމް ސަރަހައްދުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން މި ފޮތްތައް ފެނިފައިވަނީ ގޭގެ ތަޅުން ދަށުގައި ވަޅުލާފައި ހުއްޓާ މިދިޔަ ބުދަ ދުވަހު އެވެ. 13 މީހަކަށް މި ވައްކަމުގައި ދައުވާ ކުރާ ކަމަށާއި އަދި އެތަނުން 12 މީހުން މިކަމަށް އެއަބަސް ވެފައިވާ ކަމަށް މިކަން ތަހުގީގު ކުރާ ފަރާތްތަކުން ވިދާޅުވިއެވެ.




