ގދ. ހޯނޑެއްދޫ

ކޮވިޑް-19: ހޯނޑެއްދޫން ރަނގަޅުވި މީހުންގެ އަދަދު 27 އަށް، އެކްޓިވް 17 ކޭސް

ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހަކު އެބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު 27 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސް ގޮތުގައި ތިބި 17 މީހަކު ތިބިއިރު އެމީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ގދ. ހޯނޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރަށެވެ. ހޯނޑެއްދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނިފައިވާއިރު، މިހާތަނަށް 38 މީހަކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެރެއިން 21 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ރެންޑަމް ސާމްޕަލްތަކަކުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ހޯނޑެއްދޫއިން 300 އަށްވުރެ ގިނަ ސާމްޕަލް މިހާރުވަނީ ނަގާފައެވެ. އަދި އެރަށުން 44 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ހޯނޑެއްދޫއަށް ކޮވިޑް ފެތުރެން ދިމާވި ގޮތުގެ ތަޙުޤީޤެއް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ. އަދި ބަލި ފެތުރެން ދިމާވި ސީދާ ސަބަބު އަދި ހޯދިފައި ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވއިރު، ކަރަންޓީނުގައި ތިބި މީހުން އެހެން މީހުންނާއި ބައްދަލުކުރިކަން އެނގެން ނެތް ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއާއި، އިތުރު 4 ރަށަކުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހޯނޑެއްދޫން ޕޮޒިޓިވްވި ދެ މީހެއްގެ ހާލު ދެރަވެ ވިލިނގިއްޔަށް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ