ވައްކަމާއި ރިޝްވަތުގައި ހިފުމަކީ ދައްނަ ކަމެއް ނޫންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު ދައްނަ ކަމެއްނޫން ވައްކަން ކުރުން، ރިޝްވަތުގެ ފައިސާ ރިޝްވަތުގެ މުދަލުގައި ހިފުމަކީ އެ ދައްނަ ބަޔަކަށް އެކަން ނުކުރެވުނީމަ ހަސަދައިގެ ގޮތުން އެކަން ކުރުން (އޭސީސީ އަށް މައްސަލަ ހުށަހެޅުން) އަޅުގަނޑު ނުދެކެން އެއީ އެއްވެސް މައްސަލައެއް ކަމަށް" ސައީދަށް ކޮރަޕްޝަންގެ އެކި ތުހުމަތުކޮށް، 27 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފައިވާ މައްސަލައިގައި ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕުރަގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ސައީދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ޕްރޮކިއުމަންޓް ޕްރޮސީޖާއާ ހިލާފަށް ތެޔޮ ގަތުމާ ގުޅޭ މައްސަލަތަކަކާއި މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިން މައްސަލަތަކެއް ހިމެނެއެވެ.
އޭސީސީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވަނީ، ސައީދަށް ތުހުމަތުކޮށް މައްސަލަތަކެއް ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށާއި އަދި އޭސީސީ އަށް ހުށަހެޅި މިމައްސަލަތައް ވަކިވަކިން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅިގެން އެމްޑީ ސައީދު އިތުރަށް ވިދާޅުވީ، ނޫސްތަކުން ފެއްނަ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫންކަމަށާއި ފެނަކައިން މިއަދު ވައްކަމެއް ކޮރަޕްޝަނައް މަގުފަހިވާ އަމަލެއް ނުހިނގާނެ ކަމަށާއި މިކަމާ ހަސަދަވެރިވާ ފަރާތްތަކެއް މެދުވެރިވެގެން ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ.
"އަޅުގަނޑު ހަމަ އުފަލާއެކު އެކަން ގަބޫލުކޮށް އެމައްސަލަ ވީހާވެސް މިނިވަންކަމާ މުސްތަގިއްލު ކަމާއެކީ ބެލުމަށް އެފަރާތައް ގޮވާލަން" އެމްޑި ސައީދު ވިދާޅުވިއެވެ.