އަަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން އިޓާލިއަން ސެރީއާގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ސަމްޑޯރިއާއާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ ކޮންޓްރޯލްގެ ދަށުގައި ކުޅުނު މިމެޗުގެ ލަނޑުތައް ޖަހާފައިވަނީ، ކުލުސެވްސްކީ އަދި ބޮނޫޗީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މަދު ސަޕޯޓަރުން ކޮޅަކާއެކު ކުޅުނު މިމެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައްވެސް ޔުވެސްޓަސްއަށްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ގޯލްގެ ހުރަސް ދަނޑީގައި ޖެހުނު ރޮނާލްޑޯގެ ހަމަލާ ފާހަގަކޮށްލެވެއެވެ.
ސާރީ ވަކިކޮށް މިދިޔަ އޮގަސްޓްމަހު ޔުވެންޓަސްގެ ކޯޗުކަމާއި ޕިރްލޯ ޙަވާލުވިއިރު، އޭނާގެ އަތުގައި ކޯޗިން ލައިސަންސެއްވެސް ނެތެވެ. ޕިރްލޯ ކޯޗިން ލައިސަންސް ނަގާފައިވަނީ މިދިޔަ ހަފްތާގައެވެ.
What a debut for Dejan Kulusevski! ??
The 20-year-old scores in his first game for Juventus as the Bianconeri kick off 2020/21 with a win.#UCL pic.twitter.com/DaQxHSJ3n5
— UEFA Champions League (@ChampionsLeague) September 20, 2020
އުމުރުން 41 އަހަރުގައި ކުޅުން ހުއްޓާލި ޕިރްލޯގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާއަކީ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ވަޒީފާއެވެ. ނަމަވެސް އެޓީމުގެ ކޯޗުކަމާއި ޙަވާލުވިތާ 10 ވަރަކަށް ދުވަސް ފަހުން އޭނާއަށްވަނީ ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކޯޗު މަޤާމު ދީފައެވެ.
އިންޓަ މިލާނުން ފާހަގަވި ޕިރްލޯ އެންމެ މޮޅަށް ކުޅުނީ 2001-2011 އަށް އޭސީ މިލާނުގައެވެ. އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރިއެވެ. ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއެވެ. ޕިރްލޯ ރިޓަޔާރކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އިޓަލީއަށް 116 މެޗު ކުޅެދީފައިވާ ޕިރްލޯވަނީ އިޓަލީއާއެކު 2006 ގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.




