ހއ. އުލިގަމުގައި އިމާރާތް ކުރަމުންގެންދާ އިންްޖީނުގޭގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވީ، އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިމަޝްރޫޢުގެ ސަބަބުން އެރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް 13 ނޮވެމްބަރ 2019 ގައި ފެށިފައިވާއިރު، މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ސަރުކާރުން 2 އެލް ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ( ފަސްމިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާއަށެވެ. އަދި މި މަސައްކަތް 2 އެލް ކޮންސްޓަރަކްޝަން އާއި ހަވާލު ކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65% މިހާރު ވަނީ ނިމިފައި. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފަިއިވަނީ 13 ނޮވެމްބަރ 2019 ގައި. (1/2) pic.twitter.com/hdx66ZIFzj
— Fenaka Corporation Ltd (@TeamFenaka) September 21, 2020