ދ. ކުޑަހުވަދޫ

ކުޑަހުވަދޫން މީހަކު ފައްސި ވެއްޖެ

ދ. ކުޑަހުވަދޫން މީހަކު ފައްސި ވެއްޖެ އެވެ.

ކުޑަހުވަދޫ ކޮވިޑަށް ފައްސި ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ކުޑަހުވަދޫން ހޯމް ކަރަންޓީންގައި ހުރި މީހަކު ފައްސިވުމާއި ގުޅިގެން އެރަށު ހުރިހާ ރައްޔިތުން ސަމާލުވުމަށް އެރަށު ސޯޝަލް ސަޕޯޓު ޑެސްކުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ހާއްސަކޮށް މާސްކު އެޅުމަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓު ޑެސްކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ރޭގައި ވިދާޅުވީ، 22 ރަށެއްގައި 51 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 27 ރިސޯޓަކުން 16 ފަތުރުވެރިންނާއި 39 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މީހަކު ފައްސިވިތާ މިއަދަށް 198 ދުވަސް ވެފައިވާއިރު މިބައްޔަށް ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދުތައްވަނީ މަދުވާން ފަށައިފައެވެ. މިގޮތުން މިހާރު މިއަދަދު 100 އިން ދަށްވެފައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އަދި މިއީ މިބައްޔަށް ފައްސިވާ މީހުންގެ އަދަދު ރާއްޖެއިން ދައްވީކަމަށްބަލާ ބަލި ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތު ނޫންކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ