އެހެންމީހުންނަށް ދެރަގޮތްވާން އެދޭއިރު، އަމިއްލަ މީހާގެ އުޅުމާމެދު ވިސްނާލާ: ކައިޒީން

މިއަދު ހެނދުނު މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އަލިފާން ރޯވެފައިވަނީ ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) ދިރިއުޅޭ ގޭގެ ފަންގިފިލާގައި ކަމަށް ދިވެހި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަލިފާނުގެ ހާދިސާ ހިނގީ ކައިޒީން ދިރިއުޅޭ ގޭގައިކަން އޭނާ ކަށަވަރުވެސްކޮށްދީފައިވެއެވެ. ނަމަވެސް މި ހާދިސާގައި ކައިޒީންއަށްވެސް އަދި އިތުރު އެހެންމީހަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ކައިޒީންގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ހަބަރު މީސްމީޑިއާގައި ވައިރަލްވުމާއެކު، ދިވެހިންގެ ތެރެއިން ބައެއް މީހުން ވަނީ ކައިޒީންއަށް އަމާޒުކޮށް ނަފްރަތުގެ ބަސްތައް ރައްދުކޮށްފައެވެ. އެއާއެކު ކައިޒީން މިވަނީ ނަފްރަތްގެ ބަސް ރައްދުކުރިމީހުންނަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ.

ކައިޒީން މިއަދު އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އޭނައާއިމެދު ކަންބޮޑުވެ ހާލުބެލި އެންމެންނަށް ޝުކުުރުއަދާކޮށްފައެވެ. އަދި އޭނަގެ ހާލު ރަނގަޅުކަން އަންގާ ކައިޒީން ބުނީ، އޭނައާމެދު އޯގާތެރިވާ ބަޔަކު ހުރިކަން އެނގުމަކީ ވަރަށް އުފާވާކަމެއްކަމަށެވެ.

މީގެ އިތުރުން ނަފުރަތުގެ ބަސްތައް އަމާޒުކޮށް ބަދުބަސްތައް ބުނި މީހުންނަށް ރައްދުދީ ކައި ބުނީ، އެހެންމީހުންނަށް ދެރަގޮތްވާން އެދޭއިރު، އަމިއްލަ މީހާގެ އުޅުމާމެދު ވިސްނާލަން އެދޭކަމަށެވެ.

"ފޭކް އެކައުންޓްތައް ހަދައިގެން، މިއީ އަހަރެންނަށް ހައްޤުވާގޮތް ކަމަށްބުނެ ކޮމެންޓްކުރަން ކެރުނު މީހުންނަށް ބުނެލަން އޮތީ، އަމިއްލަ އުޅުމާމެދު ރަނގަޅަށް ވިސްނާލާށޭ، އެހެންމީހުންނަށް ދެރަގޮތް ވާން އެދޭއިރު" ކައިޒީން ބުނެފައިވެއެވެ.

މިއަދު ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ، ، މިއަދު ހެނދުނު 08:30 ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ގ. ނަލަ ގޭގައި ހުރި ޕެނަލް ބޯޑެއްގައި އަލިފާން ރޯވެގެން ކަމަށާއި އަދި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު، ތެރޭގައި އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އިތުރު ގެއްލުމެއް ލިބިފައިނުވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
63111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ