ގޯތި ނުލިބިފައިވާ މާލޭގެ ރައްޔިތުން ގޯތި ހޯދުމަށް މަގުމައްޗަށް ނުކުތުމަށް ނިންމައިފިއެވެ.
އެގޮތުން "ނޯ ގޯތި ނޯ ވޯޓު" މި ޝިޢާރުގެ ދަށުން މާދަމާ މާލޭގެ މަގުމަތީގައި ހަރަކާތެއް ހިންގުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި ސޯޝަލް މީޑިއާ ދަނީ މި ކަން ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި މިހަރަކާތާއި ގުޅޭ ގޮތުން ދަޢުރުވާ ލިޔުންތަކުގައި ބުނެފައި ވަނީ މާލޭ ރައްޔިތުން ގޯތި ހޯދަން މަގުމައްޗަށް ނުކުތުން ތަފާތު ވާނެކަމަށާއި، އަދި ގޯތި ހޯދަން މަގުމަތީގައި ހިންގާ ހަރަކާތްވެސް ތަފާތު ވާނެކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވާ ބޭފުޅުން 20 ފޫޓު ދުރުގައި ޕޭވްމަންޓް މަތީގައި ތިއްބެވުމަށާއި އަދި އެޗްޕީއޭގެ ގަވާއިދަށް ތަބާވުމަށް ވަނީ ދަންނަވާފައެވެ. އަދި މި ހަރަކާތް ހިންގާނީ ކެތްތެރިކަމާ ހިތްވަރާއި އަޒުމާއެކު ކަމަށްވެސް މި ލިޔުމުގައި ބުނެފައިވެއެވެ.
މި ލިޔުމުގައި އިތުރަށް ބުނެފައި ވަނީ ގޯތި ލިބެންދެން މި މަސައްކަތް ނުހުއްޓާނެކަމަށާއި އަދި އެފަރާތްތައް ފަހަތަކަށްވެސް ނުޖެއްސޭނެކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4 އިން 6 އަށް އުސްފަސްގަނޑު ސަރަހައްދުގައެވެ.
މިހަރަކާތުގައި ބައިވެރިވުމުގެ ސަބަބުން މީހަކު ހައްޔަރު ކޮށްފިނަމަ ދެން ކަންތައް ކުރަންވީ ގޮތްވެސް މި ލިޔުންތަކުގައި ބުނެދީފައި ވެއެވެ.
އެގޮތުން ހައްޔަރު ކޮށްފިނަމަ ބަޔާން ދެއްވާނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯތި ދެއްވާނެކަމަށް ވަޢުދުވެ އެކަން ނުކުރައްވާ ގުޅި ފަޅުގައި ޕޯޓު އަޅުއްވާކަމަށާއި އަދި މި ސަރަހައްދުގައި މާލޭ ރައްޔިތުންނަށް ގޯތިދޭން ހުރި ހުރިހާ ބިމެއް ވިއްކާތީ އެކަމާ އިޙްތިޖާޖް ކުރަނީ ކަމަށް ބުނެ ކަމުގައި މި ލިޔުމުގައި ބުނެފައިވެއެވެ.
ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި، ހައްޔަރު ކުރާ މީހާގެ ފަހަތުން އެހެން މީހުން ނުދިއުމަށާއި އަދި މި ހަރަކާތް ސުލްހަވެރި ހަރަކާތަކަށް ހެދުމަށްވެސް މި ލިޔުމުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ހަރަކާތަކީ ޤާނޫނާ ޚިލާފު ހަރަކާތެއް ނޫން ކަމަށާއި، މާލޭ ރައްޔިތު މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤު ހޯދަން އަޑު އުފުލުމުގެ މިނިވަންކަން ޤާނޫނު އަސާސީން ދީފައިވާކަމަށް ވަނީ ބުނެފައެވެ.
6 Responses
Ehvanyaa hajah dhaanveenun
މީ ކޮން ވައްތަރެއްގެ ޚަބަރުތައް ލިޔާ ނޫހެއް?.
އަހަރެންވެސް މާލެ އެކަމަކު ލިބުނީ އެންމެ 14 ފޫޓް 11 ފޫޓް ތަންކޮޅެއް. ކިހިނެއްތަ މިތަން ކޮޅުގައި ދަރިން ގޮވައިގެން އުޅޭނީ؟ ރަށްރަށުން މާލެ މީހުންނަށް ވެސް ބިން ދީބަލަ. މާލެ މީހަކަށް ވުމަކީ އަހަރެންގެ ކުށެއްތަ؟
male beyfulhunah hahggu nulibigen thelhifolheni
ekam rahrashun ahnah nikamethinge hahgguthah male beyfulhun feyrene
މާލެއިން ގޯތި ދޭންވާނެ ރާއްޖޭގެ އެންމެންނަން
Kaagi