އެންމެ އިންޑަސްޓްރީއަކަށް ބަރޯސާވާ ޒަމާން މިހާރު ވަޅުލަން ވެއްޖެކަމަށް ޖޫމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންމެ އިންޑަސްޓްރީއަކަށް ބަރޯސާވާ ޒަމާން މިހާރު ވަޅުލަން ވެއްޖެ ކަމަށާއި ޓުއަރިޒަމް ކުރިއެރުވުމަކީ އެންމެ މުހިންމު ކަންތައް ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަންވެސް މުހިންމު ކަމަށެވެ.
"ޓުއަރިޒަމް ކުރިއެރުވުމަކީ އެންމެ މުހިންމު ކަންތައް.. މަސްވެރިކަމާއި ދަނޑުވެރިކަންވެސް މުހިންމު. ޚާއްސަކޮށް މަސްވެރިކަން" ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ސައުދު ވިދާޅުވީ ބާނާ މަސްކޮޅު ހަމަ އަގުގައި ކިރާލެވެން ޖެހޭކަމަށާއި ޑޮލަރު ވަންނަ އިތުރު މަގުތައް ކޮށަންޖެހޭ ކަމަށެވެ.
Tourism kuri eruvumakee enme muhinmu kanthah..Masverikamaai dhanduverikan ves muhinmu. Khassa koh masverikan. Enme industry akah baroasa vaa zamaan mihaaru valhulan vejje. baanaa maskolhu hama agugai kiraaleven eba jehey. Dollaru vanna ithuru maguthah koshan jehey ehen noontho..? pic.twitter.com/hUkS0jBYl5
— Ahmed Saud (@ammadaysaud) September 25, 2020
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ވަނީ އަޑިއަޅާލާފައެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިޞާދުގައި ބޮޑު ރޯލެއް އަދާކުރާ ބައެކެވެ. އެހެންކަމުން މިހާލަތުގައި އިތުރު ގޮތްތައްހޯދައި އެހެން އިންޑަސްޓްރީތައް ކުރިއަރުވައި އިގްތިޞާދު ކޮޅަށް ނެގުމަށްޓަކައި މަސައްކަތް ކުރެވިދާނެއެވެ.




