މިއަދު ރާއްޖެއައީ ބޮޑު އާގުބޯޓެއް ކަމަށާއި މާދަން ދިވެހި ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މި މޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"މިއަދު އައިސްދާނެ ބޮޑު މާސިންގާ އާގުބޯޓެއް، މާދަމާ އެއާ ގުޅުވައިގެން އަންނާނީ އެކިޔާ އެއާރ ބަބްލްއިން އަންނާނީ ތި އަންހެން ކަނބަލުން ކައިރިއަށް މަތިމަސްލީމީހުން" ޝުޖާއިގެ ވާހަކައިގައި ވިދާޅުވިއެވެ.
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ވަނީ ބަނދަރުކޮށްފައެވެ. މިކަމާއި ގުޅުވައިގެން ޝުޖާއުވަނީީ މި ފެރީން ރަން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ގޮވާލައްވާފައެވެ.
ސަރުކާރުގެ ކެޕޭސިޓީ ހުރިއްޔާ އިންޑިއާއިން ފޮނުވި ސިއްރުންފުރިގެންވާ ބޯޓުގެ ފަލުކާތައް ހުޅުވާލައި އޭގައި ހުރިއެއްޗެއް ދިވެހިރާއްޖޭގެ މީޑިއާތަކަށް ދައްކާލުމަށް ޝުޖާއުވަނީ ގޮވާލާފައެވެ.
މިއަދު އިންޑިއާގެ ކާގޯ ފެރީ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވާއިރު އިދިކޮޅުން ގިނަ ބަޔަކު ދަނީ މިކަމަށް ފާޑުވިދާލުމަމުންނެވެ. ނަމަވެސް ގިނަބަަޔަކު ގަބޫލުކުރާގޮތުގައި މި ކާގޯ ފެރީ ވެގެންދާނީ އިންޑިއާ އަދި ރާއްޖޭގެ ދުވަސްވީ ގުޅުމަށް އިތުރު ފުރިހަމަކަމެއް ގެނުވާ އުތުރުގެ ތަރައްގީއަށް ހުޅުވިގެންދާ ދޮރަކަށެވެ.




