ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާންޖެހޭ: ޕީޖީ ޝަމީމް

ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށް  ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޙުސައިން ޝަމީމް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށެވެ.

ޝަމީމް މިއަދު ކުރެއްވި ތްވީޓެއްގައި ވިދާޅުވީ، ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށާއި އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށެވެ. އަދި ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން ކަމަށާއި މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ ކަމަށާއި އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވެއެވެ. އަދި މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއޭއާއި އެކުންފުނީގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ވާނީ ލަފާދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ