ބ.ދޮންފަނުގައި ފެނަކައިން އިމާރާތް ކުރަމުން އަންނަ އައު އިންޖީނުގޭގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ދެނެކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނެކައިން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ތެރެން ރަށްރަށުގެ 'ދުނބުޅި ބަދިގެ' އެއްހެން ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރުގެ އިންޖީނުގެތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ބ. ދޮންފަނުގެ އިންޖީނުގޭގެ އައު ޢިމާރާތުގެ %98 ވަނީ މިހާރު ފުރިހަމަ ކުރެވިފައިކަމަށެވެ.
މިމަޝްރޫޢު ހިންގުމަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކޮށްފައިވަނީ 7 ޖުލައި 2019 ގައެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެން ރަށްރަށުގެ 'ދުނބުޅި ބަދިގެ' އެއްހެން ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރުގެ އިންޖީނުގެތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ބ. ދޮންފަނުގެ އިންޖީނުގޭގެ އައު ޢިމާރާތުގެ %98 ވަނީ މިހާރު ފުރިހަމަ ކުރެވިފައި. #ޓީމްފެނަކަ pic.twitter.com/EiNkQeqypJ
— Fenaka Corporation Ltd (@TeamFenaka) September 28, 2020
ރާއްޖޭގެ އެކި ސަރަޙައްދުތަކުން 27 ރަށެއްގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރައްޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.
ފެނަކައިން ރަށްރަށުގައި އަލަށް ތަރައްޤީކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ފިއުލް ސްޓޯރޭޖް އަދި ޗިމްނީ ހުންނާނެއެވެ. އަލަށް ހަދާ ޗިމްނީއަކީ އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަށް ހެދޭނެ ތަންތަނެވެ.