ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 26 އަހަރުގެ ޒުވާނަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފޮޓޯ އާންމުކޮށް ފުލުހުން ވިދާޅުވީ ފޮޓޯއިން ފެންނަ ސ.ހިތަދޫ، ހަވޭލި، އުމުރުން 26 އަހަރުގެ މުޙައްމަދު ފާޒަލް އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެއްކަމަށެވެ.
މުޙައްމަދު ފާޒަލް ހޯދަމުންދަނީ، މިއަހަރުގެ މާރިޗް 12 ވަނަ ދުވަހު ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މުޙައްމަދު ފާޒަލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން" ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.




