ހޯރަފުށްޓާއި ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓް ހަދައި ހިންގާނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށި އެއަރޕޯޓްއާއި އަދި ހދ. ކުޅުދުއްފުށި އެއަރޕޯޓްގައި ރެސްޓޯރަންޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ހޯރަފުށި އަދި ކުޅުދުއްފުށި އެއަރޕޯޓްގައި މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޙިދުމަތް ދެވޭނެ ރެސްޓޯރަންޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އަދި މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، 02 ވަނަ ފަންގިފިލާ އަށް ގޮސް މަޢުލޫމާތު ސާފުކުރުމަށް އެދިފައިވާއިރު، 20 އޮކްޓޯބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، 02 ވަނަ ފަންގިފިލާ އަށް ގޮސް ޕްރޮޕޯސަލް ހުށަހެޅުމަށްވެސް މިއިޢުލާނުގައި އެދިފައިވެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ. އަދި ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއްވެސް ތަރައްޤީކޮށްފައިވެއެވެ.

ކުޅުދުއްފުށީ އެއަރޕޯރޓަކީ މަސައްކަތް ނިމި މިހާރުވެސް ބޭނުންކުރަމުންދާ އެއަރޕޯޓެއްނަމަވެސް، ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ އިމާރާތްކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ