ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ އޮތީ ނިދާފައިކަމަށް މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދަތިތަކުން އަރައިގަތުމަށް ކިލޯމީޓަރު ފުޅާމިނުގައި ދަނޑުވެރިކަމާއި ޒަމާނީ އެގްރޯ ޓޫރިޒަމް ފުޅާކުރަމުންދާއިރު އަދި މުޅިރާއްޖެ ދަނޑުވެރިކަމަށް ވަންނަމުންދާއިރު ދަނޑުވެރިކަމަށް އެގްރިކަލްޗާރ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަންނުދީ މިނިސްޓްރީ އޮތީ ނިދާފައި ކަމަށެވެ.
"ބަލި މަޑު ކަމާއިއެކު އާމްދަނީ ހޯދަން އެހެން ގޮތެއް؛ މާ ކާމިޔާބު" މި ސުރުހީގެ ދަށުން މިހާރު އޮންލައިންގައި ލިޔެފައިވާ ދަނޑުވެރިކަމާއި ބެހޭ ލިޔުމެއް ބޮންޑޭ ވަނީ މިއާއިއެކު ޓްވީޓު ކޮށްފައެވެ.
ދަތިތަކުން އަރައިގަތުމަށް ކިލޯމީޓަރު ފުޅާމިނުގައި ދަނޑުވެރިކަމާއި ޒަމާނީ އެގްރޯ ޓޫރިޒަމް ފުޅާކުރަމުންދާއިރު އަދި މުޅިރާއްޖެ ދަނޑުވެރިކަމަށް ވަންނަމުންދާއިރު ދަނޑުވެރިކަމަށް އެގްރިކަލްޗާރ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަންނުދީ މިނިސްޓްރީ އޮތީ ނިދާފައި!
https://t.co/Ec6mkLn5Xo— Ibrahim Rasheed (@BondeM4) September 29, 2020
ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށްވެސް އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަލާން ޖެހިފައިވާއިރު ރާއްޖެއަށްވެސް މީގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
އެހެންކަމުން ރާއްޖޭގެ ގިނަ ރަށް ރަށުން މިހާރުވެސް ދަނީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަމުންނެވެ.




