ހަޑިވާންވީ ޒިނޭގެ އަމަލުތައް ކަމަށާއި ހަލާލުގޮތުގައި ކުރާ ކައިވެންޏެއްނޫން ކަމަށް ޝައިޙް ޢަލީ ޒައިދް ވިދާޅުވެއްޖެ އެވެ.
ޒައިދު މިހެން ވިދާޅުވެފައިމިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ކުރެއްވުމާއި ގުޅިގެން ސޯޝަލްމީޑިއާގައި ގިނަބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހަޑިވާންވީ ހަރާމްގޮތުގައި ހިންގާ ޒިނޭގެ އަމަލުތަކާއި ރޭޕް ތައްކަމަށާއި ރުހުމާއެކު، ﷲ ހުއްދަ ދެއްވާފައިވާ ލިމިޓްގެ ތެރޭގައި ކުރާ ކައިވެންޏެއް ނޫންކަމަށެވެ. ޒައިދު އިތުރަށް ވިދާޅުވީ ކައިވެންޏަކީ ﷲ ދެއްވި ބަރަކާތެއްކަމަށާއި އަދި ޒިނޭއަކީ އަމިއްލައަށް ލިބިގަންނަ ހަލާކެއްކަމަށެވެ.
Hadi vaan vee Haram gothugai, hingaa ziney ge amal thakaa Rape thakeve!
Ruhumaa eku, Allah huhdha dhehvaafavaa limit thereygai thibe kuraa kaivenyyeh nooneve!
✅ Kaivenyyakee Allah dhehvi barakaathekeve!
❌ Ziney akee amilla ah libiganna halaakekeve!
— Ali Zaid (@alizaid1000) October 1, 2020
މާތްވެގެންވާ އިސްލާމްދީނުގައި ހަމަހަމަ ކަމާއެކު ކަންތައްތައް ކޮށްދެވޭނެކަމުގެ ޔަގީންކަމާއި އެގާބިލުކަން އޮތްކަމުގައިވަނީނަމަ ކޮންމެ ފިރިހެނެކަށް 4 އަނބިން ގެންގުޅުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.




