މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އިންޑަސްތްރިއަލް ފިޝަރީފް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ޑީސަލް ވިއްކާއަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ހާމަ ކުރައްވާފައިވާ ގޮތުގައި މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓު ފަހަރުން މި ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެއެވެ.

އެގޮތުން މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކުމަށް ހަމަޖެހިފައި ވަނީ ލީޓަރެއް 6.89 ރުފިޔާއަށެވެ. މިފްކޯއިން މީގެ ކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުން އައިސްފައި ވަނީ 7.33 ރުފިޔާއަށެވެ. ތެލުގެ އަގަށްގެނައި މި ބަދަލާއެކު ލީޓަރަކުން 0.66 ލާރި ވަނީ އަގު ހެޔޮވެފައެވެ.

މިފްކޯއިން ވިދާޅުވެފައި ވަނީ ތިޔާގި މަސްވެރިކަމުގެ އެންމެ އެދެވޭ ނަފާ މަސްވެރިންނަށް ހޯދައިދިނުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އަދި މަސްވެރިން ދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.

މެދުރާއްޖެތެރޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައި ވާއިރު މިފްކޯއިން ވަނީ މި ދަނޑިވަޅުގައި ފެލިިވަރަށް މަސްކިރުވަން ގިނަ ދޯނިފަހަރު އެއްފަހަރާ ދިޔުމުން ދިމާވާނެ ދަތިިތަކައްޓަކައި، ޖާގައާއި ވަސީލަތްތަކަށް ބަލައި މަސްވެރިން ކޫއްޑުއަށް ދަތުރުކޮށް މަސްކިރުއްވުން އެދޭކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ