މޭލެގެ މަގުމަތީގައި މާތް ﷲ އަށް ފުރައްސާރަކުރި ބިދޭސީމީހާ މީހާރުން މިހާރަށް ހައްޔަރުކޮށް، ދުވަހަކުވެސް ރާއްޖެނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ވިލިމާލާ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ގޮވާލައިފިއެވެ.
ބިދޭސީއަކު މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ރޭ ވަނީ އާއްމުވެފައެވެ. މި ވީޑިއޯ ދަޢުރުވާން ފެށުމާއެކު ގިނަ ފަރާތްތަކަކުން ދަނީ މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ކަމެއް އަލުން ތަކުރާރުވުމުގެ ކުރިން، 23 ޑިސެމްބަރު 2011 ގައި ބޭއްވި ފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭކަމަށެވެ.
"މި މީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، ދުވަހަކުވެސް ރާއްޖެ ނާދެވޭގޮތަށް، ޑީޕޯޓު ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ހަރު އަޑުން ގޮވާލަން" ނިހާން ވިދާޅުވިއެވެ.
Mi Meehaa Mihaarun Mihaarah Hayyaru Koh, Dhuvahakuves Raajje Nadhevey Gothah, Deport Kurumah Rajjeyge Kamaa Behey Enmmehaa Faraaiy Thakah Haru Adun Govaalan. Mikan Repeat Vumuge Kurin 23/12/2011 Fadha Ehvvumakah Dhivehi Muslim Raiyyithun Thayyaaru Vaan Jehey. pic.twitter.com/smye4GBmsk
— Ahmed Nihan (@ahmed_nihan) October 3, 2020
ސޯޝަލް މީޑިއާގައި ދަޢުރުވާ މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މީހާ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން ދޭތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން މިހާތަނަށް މިކަމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.




