މާލެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލެ ހެންވޭރުގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާލެ ހެންވޭރުގައި ހުރި ގެއެއްގެ ތެރެއިން މާހަކު ނިޔާވެފައިވާކަމަށް އާއްމު ފަރާތަކުން މިއަދު 11:58 ހާއިރު ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ. އެގޮތުން މި މައުލޫމާތާއި ލިބުމާއި ގުޅިގެން ނިޔާވެފައި އޮތް ކަމަށް ބުނާ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްއަށް ގެންދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ