ސެޕްޓެމްބަރ މަހު އެކަނިވެސް 9،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ސެޕްޓެމްބަރ މަހު އެކަނިވެސް 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 18,867 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމު ކޮއްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހު އެކަނި ދުނިޔޭގެ އެކިއެކި ޤައުމުތަކުން ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލުމަށްފަހު ސެޕްޓެމްބަރ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 61 އިންސައްތަ އިތުރުވެފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މީގެކުރިންވަނީ ވިދާޅުވެފައެވެ. އެގޮތުން ސެޕްޓެމްބަރ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ 20 ވަނަ ދުވަހުއެވެ. އެދުވަހު 696 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއަން ފެޑަރޭޝަން އިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން ވަނީ 2،065 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. ޔޫއޭއީއިން 1،029 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކަ އިން 935 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ އެއްދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.

ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ބައެއް ރިސޯޓްތައް ވަނީ ހިންގަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ