އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

އައްޑޫގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ރޮޒައިނާ

އައްޑޫގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގައި ބަޔަކު މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވަނިކޮށެވެ.

ފުލުހުންގެ މި މަސައްކަތަށް މަރުޙަބާ ކިޔާ، ރޮޒެއިނާ މިއަދު ވަނީ ޓްވީޓެއްކޮށްފައެވެ. އެގޮތުން ހައްލެއް ލިބެންދެން ހުއްޓާނުލާ މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންގޮސް ޑްރަގް ވިޔަފާރި ހުއްޓުމަކަށް ގެނެސްދިނުމަށްވެސް ރޮޒައިނާ އެދިވަޑައިގަނެފައިވެއެވެ.

އައްޑޫ ސިޓީގައި ފުލުހުން އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީ ހިތަދޫއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ