ޔުނާން އާއި ރިހްލާ ހައްޔުރުކުރުމަށް ގޮވާލާ އަޑު އުފުލަން ފަށައިފިއެވެ.
ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހުޅުމާލޭގައި ދިރިއުޅޭ ގެ ކުރިމައް އާންމުން އެއްވެ އެ ދެމީހުން ހައްޔަރުކުރުމަށް ގޮވަމުން އެބަދެއެވެ.
ޔުނާން އާއި ރިހްލާ ދިރިއުޅޭ ގެ ކައިރިއަށް އާންމުން އެއްވެފައިވާއިރު އެސަރަޙައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އެސަރަޙައްދަށް އެއްވެފައިވާ އާންމުން ގެންދަނީ ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަމުންނެވެ.
ޔުނާން އޭނަގެ ދައްތަ އާއި ބޭބެގެ 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އެކުދިން ބުނެފައިވާތީ އެއާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށް ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ޔުނާންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާއި ގުޅޭގޮތުން ޔުނާން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
ހިޔާލު
ޖިންސީ މައްސަލަތަކުގައި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ރައްޔިތުން ނިކުމެ ގޮވަން ޖެހުމަކީ ލަދުވެތިކަމެއް.