ރިހުލާއާއި ޔުނާން ގެންދިޔައީ ރައްކާތެރިކަމަށް އެދުމުން: ފުލުހުން

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްކާތެރިކަމަށް އެދުމުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެމީހަކު ގަދަކަމުން ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ހަވީރު 04:00 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ޙައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވަނީ އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެމީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ވެހިކަލްއަށް އަރުވައިގެން ގެންގޮސްފައިވަނީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާކަން އެސަރަޙައްދުގައި ހުރި މިނޫހުގެ ނޫސްވެރިޔަކުވަނީ ކަށަވަރުކޮށްދީފައެވެ.

ޔުނާން އޭނަގެ ދައްތަ އާއި ބޭބެގެ 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އެކުދިން ބުނެފައިވާތީ އެއާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށް ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިއަދު ހަވީރުންސުރެ ޔުނާންއާއި ރިހުލާ ޙައްޔަރުކުރުމަށް ގޮވާލާ ގިނަ ބަޔަކުދަނީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެ ކުރިމައްޗަށް އެއްވެ އަޑުއުފުލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޔުނާންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާއި ގުޅޭގޮތުން ޔުނާން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ