ފޮޓޯ: އެމްޓީސީސީ

ތިނަދޫ ގައި ހަދަމުންގެންދާ ކޮވިޑް ފެސިލިޓީ ބައްލަވާލެއްވުމަށް މިނިސްޓަރ ފައްޔާޒް އާއި މައުސޫމް ޒިޔާރަތްކުރައްވައިފި

ގދ.ތިނަދޫ ގައި ހަދަމުންގެންދާ ކޮވިޑް ފެސިލިޓީ އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޢަލްއުސްތާޒް ފައްޔާޒް އިސްމާޢީލް އަދި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ.

ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) އެއްވެސް ގާއިމް ކުރަން ވަނީ ނިންމާފައެވެ.

އެރަށުގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމާފައި ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވި މީހަކު ގއ ވިލިނގިލީގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ގެންދިއުމުން އެ ރަށަށް ނޭރުވުމުގެ ސަބަބުންނެވެ.

މިހާރު މިޕްރޮޖެކްޓްގެ %45 މަސައްކަތް ނިމިފައިވާކަމަށާއި މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ އޮކްޓޯބަރ 14 ގައިކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ