ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 29 އިން އޮކްޓޯބަރ 04 އަށް މާލޭގެ އެކި ސަރަހައްދުތަކުން ވެރިއަކުނެތިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ..

މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ސެޕްޓެމްބަރ 29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ބަލައި ފާސްކުރި، ބިދޭސީން ދިރިއުޅޭ ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަޓްއޮފް އެއް (ބޮސްޓަރ ބްރޭންޑް)

އޮކްޓޯބަރ 01 ވަނަ ދުވަހު ވައްކަމުގެ ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބެޓެރި އިސްކުރު ޑްރައިވަރެއް (ޑީ ޒެޑް ޓީ ބްރޭންޑް)

އޮކްޓޯބަރ 04 ވަނަ ދުވަހު މ. ކެލްވީނާ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެލްމެނިއަމް ދިގު ހަރުގަނޑެއް.

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ