ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ”އެމްއައި” ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމުގައި ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ފޯނަކީ 2020 އޯގަސްޓް 18 ވަނަ ދުވަހުގެ ވަގުތެއްގައި، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނެެއް ކަމަށެވެ.
ވީމާ މި ފޯނުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 462946 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.




