ސީއެންއެންގެ ވޯޓު ޕޯލުގައި، ޓްރަމްޕަށްވުރެ ކުރީގައި ބައިޑަން!

އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އެއް މަސްދުވަހަށް ވެފައިވާއިރު، ސީއެންއެންއެން އިން އެމެރިކާގެ ރައްޔިތުންނަށް ވޯޓުލުމަށް ހުލުވާލި ވޯޓު ޕޯލުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ ކުރީގައި އުޅެނީ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.

ސީއެންއެންގެ ވޯޓު ޕޯލުން ދައްކާގޮތުގައި، 16 ވޯޓުގެ ތަފާތުން ޓްރަމްޕަށްވުރެ ކުރީގައި އުޅެނީ ބައިޑަންއެވެ. އެގޮތުން ޕޯލުގައި ވޯޓު ލީ މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ބައިޑަންއަށެވެ. އަދި ޓްރަމްޕަށް ލިބިފައިވަނީ 41 އިންސައްތައިގެ ވޯޓެވެ.

ސީއެންއެންއިން މި ވޯޓު ޕޯލު ހަދާފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޖޯ ބައިޑަންގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބަހުސްއަށްފަހުއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު، މިއަދު ވަނީ ވައިޓް ހައުސްއަށް ބަދަލުވެފައެވެ.

ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައިވާ ވޯލްޓާ ރީޑްސް ހޮސްޕިޓާ ދޫކޮށް ވައިޓް ހައުސްއަށް ވަޑައިގަނެފައި މިވަނީ ހޮސްޕިޓަލުގައި ތިން ދުވަސްވަންދެން ފަރުވާއަށް މަޑުކުރުމަށްފަހުއެވެ.

ވައިޓް ހައުސްއަށް ދަތުރު ފެށުމުގެ ކުޑަ ވަގުތުކޮޅެއްގް ކުރިން ހޮސްޕިޓަލުގައި އޮންނަވައިގެން ކުރި ޓްވީޓެއްގައި ޓްރަމްޕް ބުނީ، އޭނާ މިއަދު ހޮސްޕިޓާ ދޫކޮށް ވައިޓް ހައުސްއަށް އެނބުރި ދާނެކަމަށެވެ. އަދި އެތާގައި ފަރުވާ ހޯދުން ކުރިއަށް ދޭނެކަމަށާއި ކުރިއަށް ރިޔާސީ އިންތިހާބުގެ އިލެކްޝަން ކެމްޕެއިންވެސް އަލުން ފައްޓަވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ