ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް ދެވޭޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދެވުމަށް "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި މިއަދު ރަޖިސްޓްރީކޮށްފިއެވެ.
ފެނަކައިން ވިދާޅުވީ، ފެނަކައިގެ ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނަށް އެމުވައްޒަފުން މަސައްކަތް ކުރައްވާ ދާއިރާތަކުން ޚާއްޞަ ތަޢުލީމާއި ތަމްރީން ދިނުމާއިއެކު ޤާބިލު ޒިންމާދާރު މުވައްޒަފުން ބިނާކުރުމަށް ޓްރެއިނިންގ އިންސްޓިޓިއުޓްއެއް ރަޖިސްޓްރީކުރެވި ވުޖޫދު ކުރެވިއްޖެކަމަށެވެ.
މި އިންސްޓިޓިއުތްގެ ހަޤީޤީ މަޤްޞަދަކީވެސް ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވޮކޭޝަނަލް ޓެރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ހޯދުމުގެ ފުރޞަތު ތަނަވަސް ކޮށްދިނުންކަމަށް ފެނަކައިން ވިދާޅުވިއެވެ. އެ ކުންފުނިން އިތުރަށް ވިދާޅުވީ، މި ތަމްރީނުދޭ މަރުކަޒުން ރިނިޔުމަބް އެނާރޖީ، ފެނާއި ނަރުދަމާ ދިރާސާތައް ކުރެވިގެން ދާނެކަމަށެވެ.
ފެނަކައިގެ ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނަށް އެމުވައްޒަފުން މަސައްކަތް ކުރައްވާ ދާއިރާތަކުން ޚާއްޞަ ތަޢުލީމާއި ތަމްރީން ދިނުމާއިއެކު ޤާބިލު ޒިންމާދާރު މުވައްޒަފުން ބިނާކުރުމަށް ޓްރެއިނިންގ އިންސްޓިޓިއުޓްއެއް ރަޖިސްޓްރީކުރެވި ވުޖޫދު ކުރެވިއްޖެ. #ޓީމްފެނަކަ pic.twitter.com/mOKqi6o2Db
— Fenaka Corporation Ltd (@TeamFenaka) October 8, 2020
މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލް އަޤްވާމީ ފެންވަރު ހުނަރާއި ޤާބިލުކަން ހުރުމާއިއެކު އެ ދަރިވަރުންނަށް އެފެންވަރުގެ ސެޓްފިކެޓެއް އޮންނާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ، އެ ކޯޕަރޭޝަން އައި އޯއެސް އަށް ސާރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއިއެކު ދެވޭ ޚިދުމަތް ބައިންލް އަޤްވާމީ ފެންވަރަށް ފެތޭތީކަން މިއަދު މީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްކަމަށެވެ. އަދި ޒަމާން ބަދަލުވެ ފެނަކަ ހިންގުމުގައި ލޯހުޅުވި ހުށިޔާރު މާލިމީއެއްގެ ޙިކުމަތާއިއެކު ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށްކަމަށް ފެނަކައިން ވިދާޅުވިއެވެ.
3300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތް ކުރައްވަމުންދާ ފެނަކަ ކޯޕަރޭޝަންއަކީ ފެނާއި ނަރުދަމާ އަދި ކަރަންޓް، އަސާސީ ޚިދުމަތުގެ ގޮތުގައި ދެމެހެއްޓެނިވި ރަނގަޅު ޚިދުމަތެއްގެ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ފޮރުކޮށްދިނުމާއިއެކު، މި ޚިދުމަތްތަކާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަށް އުފައްދަވާ އެ ޚިދުމަތުގައި ހުއްޓުމެންނެތި މަސައްކަތް ކުރައްވާ ކުންފުންޏެކެވެ.