މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ވަނީ ނައްތާލާފައެވެ. މި ހަރަކާތުގައި މިނިސްޓަރ އިމްރާން ޢަބްދުﷲވެސް ބައިވެރިވެ ވަޑައިގަނެފައިވެއެވެ.
އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ ޤާނޫނު ވުޖޫދުވީއްސުރެ 2019 ވަނަ އަހަރާއި ހަމައަށް ނަައްތާލާފައިވަނީ 32 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް 1106.97 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
Qaanoon No. 17/2011 vujoodhuveessure 2019 vana aharaa hamayah nathaalaafai vanee 32kg ge masthuvaathakethi. 2019 vana aharun feshigen miandhaahamayah 1106.97kg ge masthuvaathakethi natthaalaafin. Masthuvaathaketheege supply madhukurumakee sarukaaruge emme muhimmu eh siyaasathu. pic.twitter.com/geKiSTNLqb
— Imran Abdulla (@ShimranAb) October 8, 2020
ސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުރުން އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމް ކަމަށެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 324.05 ކިލޯގްރާމް ކަމަށާއި، މީގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތި ނައްތާލުން ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.