ޢަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ، ޢަދަދާއި ތިބޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ، ޢަދަދާއި ތިބޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް. އެއްވެސް ޢަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 7, 2020
"އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުންގެ ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލާ ވާހަކަދައްކާފައިވާއިރު، އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައންްގެ އަދަދު ހާމަކުރުމަށާއި، އަދި އައިސް އުޅޭ ބޭނުން ހާމަކުރުމަށް ތަކުރާރުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.



