އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ޤުރްއާން ހިތުދަސްކޮށްފި!

ޤުރްއާން ހިތުދަސް ކުރުމަކީ ކޮންމެ މީހަކުވެސް ނުހަނު ކުރަން ބޭނުންވާނެ ކަމެކެވެ. މި ފަހުން އިންގްލޭންޑް ގެ އަވަށެއްކަމުގައިވާ ބަރމިންހަމްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ޤުރްއާން ހިތުދަސް ކޮށްފިއެވެ.

މުޙައްމަދު ބިލާލް ނަމަކަށް ކިޔާ މި ކުއްޖާ ޤްރުއާންް ހިތުދަސްކޮށްފައި ވަނީ އޭނާގެ ޤުރްއާން ޓީޗަރ ހާފިޒް މުނީރް އަހްމަދު އާއި އެކު ސެންޓްރަލް ޖާމިއާ މޮސްކް ގަމްކޮލް ޝާރިފް ގައެވެ. ބިލާލް ޤުރްއާން ހިތުދަސް ކުރުމާއިއެކު ގިނަ ފަރާތްތަކުން ދަނީ އޭނާއަށް ލިބުނު ކާމިޔާބީއަށް ތައުރީފްކޮށް ހެޔޮދުއާ ކުރަމުންނެވެ. އަދި އިތުރަށް މި ދާއިރާއިން ކުރިއަށްދިއުމަށް ގިނަ ފަރާތްތަކުން ބުނަމުނެދެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފަލަސްތީނުގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ޤުރްއާން ހިތުދަސް ކޮށްފިއެވެ. ތަޤްވާ ޒާހިރު ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ޤުރްއާން ހިތުދަސްކޮށްފައިވަނީ ކަރަންޓީނުގެ 6 މަސް ދުވަހުގެ ތެރޭގައެވެ.

 

ކޮންމެ ކަމަކީވެސް ހިތްވަރާއިއެކު ގަދައަޅާ މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެ ކަމެއްކަން ބިލާލް އާއި ތަޤްވާ މިވަނީ ސާބިތުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
54
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ