ޒެރްދާން ޝަކީރީ ކޮވިޑް-19 އަށް ޕޮޒިޓިވް ނޫންކަމަށް ސްވިސް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.
މީގެ ދެދުވަސްކުރިން ޝަކީރީ ކޮވިޑަށް ޕޮޒިޓިވްކަމަށް ސްވިސް އެފްއޭއިން ބުނިނަމަވެސް، މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ސްވިޒަލޭންޑް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޮވިޑް-19 އަށް އިއްޔެ ކުރި ޓެސްޓުތަކުގެ ނަތީޖާ ލިޔުމުން މިއަދު ލިބިފައިވާކަމަށާއި، ނަތީޖާތައް ދައްކާގޮތުން ކޮވިޑަށް ޕޮޒޓިވްވެފައިވަނީ ހަމައެކަނި މެނުއަލް އަކިންޖީ އެކަނިކަމަށެވެ. އަދި ޝަކީރީ ކޮވިޑަށް ޕޮޒިޓިވް ނޫންކަމަށްވެސް ބުންޏެވެ.
އުމުރުން 28 އަހަރުގެ ޝަކީރީ ކޮވިޑަށް ޕޮޒިޓިވްވިކަމަށް ކުރިން އާންމުކުރުމާއި ގުޅިގެން އޭނާ ހުރީ ސެލްފް އައިސޮލޭޝަންގައެވެ. ނަމަވެސް ނެގެޓިވް ނަތީޖާއާއެކު އޭނާ ސްވިޒަރލޭންޑް ޤައުމީޓީމާއެކު ޔޫއެފާ ނޭޝަންސް ލީގުގައި ޝަކީރީ ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ. ހޮނިހިރު ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް ސްވިޒަަރލޭންޑް ކުޅޭ މެޗުގައި ޝަކީރީއަށް ކުޅެވޭނެކަން ނުވަތަ ނޫންކަން ނިންމާނީ ޔޫއެފާ ހެލްތު ކޮމިޓީއިންނެވެ. އަދި ސްވިޒަރލޭންޑް ޤައުމީ ޓީމާއެކު ޝަކީރީ ސްޕެއިންއަށް ދާނެކަން ސްވިޒް އެފްއޭއިންވަނީ ހާމަކޮށްފައެވެ.
The Swiss FA have confirmed Xherdan Shaqiri's coronavirus diagnosis was a 'false positive' and say he is now free to travel with the squad to face Spain in the Nations League #CapitalReports #LFC pic.twitter.com/otriQZxqao
— CapitalLivNews (@CapitalLivNews) October 8, 2020
ޝަކީރީ ކުޅެމުން އަންނަ ލިވަޕޫލްގެ ދެކުޅުންތެރިޔަކު މީގެކުރިންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ތިއާގޯއާއި މާނޭއެވެ.
ޔޫކޭގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް އުފެދިދާނެކަމުގެ ބިރު މިހާރުވެސް ހީވެފައިވާއިރު، 28 ސެޕްޓެމްބަރުން 4 އޮކްޓޯބަރަށް ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޮވިޑްގެ 1587 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ޕްރިމިއާ ލީގުން މިދިޔަ ހޯމަ ދުވަހުވަނީ ހާމަކޮށްފައެވެ.
އަނެއްކާވެސް ލިވަޕޫލްގެ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ




